ads
ދިރާގުން ގޭމްހަބް ޕްލެޓްފޯމް ތައާރަފުކޮށްފި--
ދިރާގު ގޭމްހަބް އާއެކު މޮބައިލް ގޭމިން އަށް އިތުރު ފުރިހަމަ ކަމެއް!
ދިރާގު ގޭމްހަބްގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފި އެވެ.

ހަތް ސަތޭކައަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަނެއް ނަގައިގެން ބޭނުން ކުރެވޭނެ ޕްލެޓްފޯމެކެވެ. ދިރާގު ގޭމް ހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމުކޮށްފައި ވަނީ ގޭމްލޮފްޓް އިންނެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑެވެލޮޕްކުރާ ކުންފުންޔެކެވެ.  

ދިރާގު ގޭމްހަބް ދިރާގު ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައި ކަމަށާއި ގޭމްހަބްގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން މަހުން މަހަށް ނުވަތަ ބޭނުންވާ ހަފްތާއަކަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. 

މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާ ކަމަށާއި ހަފުތާއަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ 20 ރުފިޔާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެއެވެ. ސަބްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑްކޮށް ކުޅެވޭނެއެވެ. އަދި އައިއޯއެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ގޭމް ކުޅެވޭނެއެވެ. 

ދިރާގު ގޭމްހަބް ގެ އެންމެ ހާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބް ގައި ހިމެނޭ ހުރިހާ ގޭމްތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕާޗޭސް" އެއް ކުރަން ނުޖެހުން ކަމަށް ދިރާގުން ބުނެ އެވެ.

މި ހަބްގައި ހިމެނޭ 700 އަށް ވުރެ ގިނަ ގޭމުގެ ތެރޭގައި އެކްޝަން ގޭމްސް، ކުޅިވަރު އަދި ކުޑަކުދިންގެ ގޭމް ވެސް ހިމެނެ އެވެ. 

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް