ads
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓު ޝަރީއަތްތަކުގައި ފޯނާއި ލެޕްޓޮޕް ބޭނުން ކުރުމުގެ ހުއްދަ ދީފި
ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގައި ވަކީލުންނަށް ފޯނާއި ލެޕްޓޮޕް ބޭނުން ކުރުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ފެތުރޭތީ ޝަރީއަތްތަކުގައި ކަރުދާސް ބޭނުންކުރުން މަދު ކުރުމުގެ ގޮތުން ކަމަށެވެ. 

އެގޮތަށް ނިންމުމުން ލިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ލިބޭނެ ކަމަށާއި، މައްސަލަތަކުގެ ތާވަލު ދުރާލާ ކަނޑައެޅުމަށް ފަސޭހަ ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މައްސަލަތައް ތާވަލު ކުރަން ވަކީލުންނާ މަޝްވަރާ ކުރާއިރު، ފޯނާއި ޓެބްލެޓް ފަދަ ވަސީލަތް ބޭނުން ނުކުރެވޭތީ ތާވަލު ބެލުމަށް އަޑުއެހުން މެދުކަނޑާލަން ޖެހެ އެވެ. 

އެހެންކަމުން ޝަރީއަތްތަކުގައި އެފަދަ ވަސީލަތްތައް ބޭނުން ކުރަން ފެށުމުން ވަގުތު ބޭކާރުވުން ކުޑަވާނެ ކަމަށާއި، އެގޮތަށް ނިންމީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ބަޔާނުގައި ވެއެވެ. 

ޑިޖިޓަލް ވަސީލަތްތައް ޝަރީއަތުގައި ބޭނުން ކުރުމުގެ ހުއްދަ ދިން ނަމަވެސް، އަޑުއެހުންތައް ރިކޯޑުކޮށް ވީޑިއޯ ކުރުން މަނާ ވާނެ އެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް