ads
އިންޑޮނޭޝިއާއަށް އެތެރެވި ރޮހިންޔާ މީހުން ބޯޓުގައި-- ފޮޓޯ: އީޕީއޭ
ކަނޑުމަތީގައި ހަ މަސް ހޭދަކުރި ރޮހިންޔާ މީހުން އެންމެ ފަހުން އިންޑޮނޭޝިއާއަށް
ގާތްގަނޑަކަށް ހަ މަސް ދުވަސް ކަނޑުމަތީގައި ހޭދަކުރުމަށް ފަހު 300 އެއްހާ ރޮހިންޔާ ދަރިކޮޅުގެ މީހުން އިންޑޮނޭޝިއާއަށް ފައިބައިފި އެވެ.

ފުލުހުން ބުނީ އެ މީހުން ތިބި ބޯޓު ފެނުނީ މަސްވެރިންނަށް ކަމަށެވެ. އެ ބޯޓު ފެނުނީ ސުމަތްރާގެ އުތުރު އައްސޭރި ފަށާ ދިމާލުން ކަނޑުގެ ބޭރުންނެވެ. 

އޭގައި ޖުމްލަ 297 މީހުން ތިބިއިރު، 14 ކުޑަކުދިން ހިމެނެ އެވެ. ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ މިޔަންމާއަށް ނިސްބަތްވާ މުސްލިމުންނެވެ. 

އެމީހުން ގައުމު ދޫކޮށް ހިޖުރަ ކުރަނީ އަމިއްލަ ގައުމުގައި ބުދިސްޓުން އެމީހުންނާ ދެކޮޅަށް ގަތުލުއާއްމު ހިންގަމުން ދާތީ އެވެ. އިންޑޮނޭޝިއާއަށް އައި މި ގްރޫޕަކީ 2015 ވަނަ އަހަރަށް ފަހު މިހާ ގިނަ އަދަދެއްގެ ރޮހިންޔާ ބަޔަކު ގައުމަކަށް ދިޔަ ފުރަތަމަ ފަހަރެވެ. 

އެމީހުން ބަންގްލަދޭޝުން ފުރީ މާޗް މަހުގެ ފަހުކޮޅު ކަމަށް ވެއެވެ. މެލޭޝިއާއަށް މިސްރާބު ހުރި ނަމަވެސް އެގައުމަށް ވަދެވޭ ގޮތެއް އެމީހުންނަކަށް ނުވި އެވެ. މެލޭޝިއާގެ އިތުރުން ތައިލެންޑުން ވެސް އެމީހުން ފޮނުވާލީ އެވެ. 

އެންމެ ފަހުން އިންޑޮނޭޝިއާއަށް އެތެރެވެވިފައި މި ވަނީ ހަމަސް ކަނޑުމަތީގައި އުޅުމަށް ފަހު އެވެ. އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން އެކަކު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް