
ކުޑަކުދިންގެ ހާއްސަ ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ބެލެނިވެރިންނާއި ކުޑަކުދިންނާ ވާހަކަ ދައްކާލުމުން އެނގިގެންދަނީ ގިނަ ފަހަރަށް ބަލި ޖެހިދާނެ ކަމަށް ވެސް ހިތަށް ވެސް ނާރާކަން ކަމަށެވެ.
އަދި ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ ދެން ހަނދާނެ ގޮތެއް ވެސް ރާވާފައި ނޯންނަ ކަމަށާއި އެކަމުގެ ސަބަބުން މީހާ ހާސްވާން ދިމާވާ ކަމަށެވެ.
އެހެންކަމުން އާއިލާގެ މީހަކު ޕޮޒިޓިވްވުމުން ދެން އަމަލުކުރާނެ ގޮތާއި މެދުވެސް ވިސްނާފާއި އޮތުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ. މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 8500 އަށް ވުރެ މަތިވެފައިވާއިރު މިމަހުގެ ފަހުކޮޅުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށް ކުރެވޭނެ ކަމަށް ޑރ. ޝީނާ މޫސާ ލަފާކުރައްވަ އެވެ.