ads
ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ
ކަރަންޓު އެއްވިއުގައެއްގައި ގުޅާލުމުގެ މަސައްކަތް ނިމުމުން ގޮންޖެހުންތަކަށް ހައްލު ލިބޭނެ: މުގުނީ
ގްރޭޓާ މާލޭ ސަރަހައްދުގެ ކަރަންޓު އެއްވިއުގައެއްގައި ގުޅާލުމަށް ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން ކެޕޭސިޓީ އިތުރުވެ ހިދުމަތް ދިނުމުގައި މިހާރުވެސް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.

މުގުނީ ވިދާޅުވި މިހާރު ކުރަމުންދާ މަސައްކަތަކީ ގްރޭޓާ މާލޭ ސަރަހައްދުގެ އިންޓަ ކަނެކްޝަން މަޝްރޫއުގެ ފޭސް އެކެއްގެ މަސައްކަތް ކަމަށެވެ.

މާލެ ހުޅުމާލެ އަދި ހުޅުލެ ގުޅަލުމުގެ މަސައްކަތްތައް ކުރިއަސް ގެންދާތާ ދުވަސްތަކެއް ވެފައިވާކަން ފަހަގަކުރައްވާ މުގުނީ ވިދޅާުވި ކޮވިޑް19ގެ ސަބަބުން އެމަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ކަމަށެވެ.

މުގުނީ ވިދާޅުވީ މިވަގުތު ކުރިޔަށް ދާ މަސައްކަތަކީ މާލޭގައި ބަހައްޓާ ދެ ޓްރާންސްފޯމަރު ވެއްދުމުގެ މަސައްކަތް ކަމަށެވެ. މި ޓްރާންސްފޯމަރަކީ 95 އެމްވީއޭގެ ޓްރާންސްފޯމަރު ކަމަށް މުގުނީ ވިދާޅުވިއެވެ.

މި ގޮތަށް ހުޅުމާލޭގައި ވެސް 95 އެމްވީގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ ކަމަށް މުގުނީ ވިދާޅުވިއެވެ. މީގެ އިތުރުން  ހުޅުލޭގެ ޓްރާންސްފޯމަރު ބަހަށްޓަންޖެހޭ ތަނުގައި ބަހައްޓާފައިވާ ކަމަށް މުގުނީ ވިދާޅުވިއެވެ.

މިމަސައްކަތް ކުރިއަށްގެންދިޔައިރު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާ އެގޮތުން ކޮވިޑް19ގެ ސަބަބުން މަސައްކަތުގެ ޝެޑިއުލްއަށް ބޮޑެތި ބަދަލްތަކެއް ގެންނަން ޖެހުނު ކަމަށް މުގުނީ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ކުރި މަސައްކަތްތަކުން ޗާޓަރު ފްލައިޓެއް ހަމަ ޖެހި މަސައްކަތަށް ބޭނުންވާ އިންޖީނިއަރުން ޓީމުގެ މީހުން އާދެވޭގޮތް ވި ކަމަށް މުގުނީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ މިވަގުތު މަސައްކަތް ކުރިޔަށް ދާ ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާރ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މި މަސައްކަތް ނިމުމާއި އެކު 100 މެގަ ވޯޓުގެ ކެރީއިން ކެޕޭސިޓީ ލިބިގެން ދާނެ ކަމާށްވެސް މުގުނީ ވިދާޅުވިއެވެ.

ހުޅުމާލެ މާލެ ކަނެކްޝަންގެ ޕްރޮޖެކްޓު ނިމުމާއި އެކު ގްރޭޓާ މާލޭގެ ޕަވަރ ސެކިއުރިޓީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިގެންދާނެ ކަމަށް މުގުނީ ވިދާޅުވިއެވެ.

މިކެޕޭސިޓީ އިތުރުވުމުން ހިދުމަތް ދިނުމުގައި މިހާރުވެސް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް މުގުނީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް