ކޮންމެއަކަސް ކަސޯޓީގައި މަސައްކަތް ކުރުމުގެ ކުރިން ވެސް ޕާތަކީ ޓީވީ އެކި ޝޯތަކުން ފެނި މީހުންގެ ސަމާލުކަން ހޯދާފައިވާ ތަރިއެކެވެ. އެންމެ ފަހުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ޕާތު އުޅެނީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރާށެވެ.
ލީޑު ރޯލުން އާލިއާ ބަޓް ފެނިގެންދާ އެ ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޕާތަށް ލިބުނުއިރު މިއީ ޕާތު ބޮލީވުޑުގެ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެެ.
މިވަގުތު ބޮލީވުޑުގެ އިތުރުން އެހެން ޕްރޮޖެކްޓްތަކަށް ބޮޑަށް ފޯކަސްކުރަން ބޭނުންވެފައި ހުރި ޕާތު އެ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާގެ ގާތް މީހަކާއި ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. އަދި ބަންސާލީ ފަދަ ކުޅަދާނަ ޑައިރެކްޓަރަކާއެެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ވެސް ބުނެ އެވެ.