ޓައިގާ މިވަނީ އޭނާއަކީ ލަވަކިޔުމުގެ ހުނަރު ވެސް ހުރި މީހެއްކަން ދައްކާލަން ތައްޔާރުވެފަ އެވެ. އެ ހަބަރު ހިއްސާކޮށް ޓައިގާ ބުނީ ވަރަށް އަވަހަށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ނެރޭނެ ކަމަށެވެ.
އަދި ލަވަކިޔުމަކީ އެންމެ ކުރިންސުރެ ވެސް ވަރަށް ކުރާހިތްވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އަމިއްލައަށް ކިޔާފައިވާ ލަވައަށް ނެށުމަކީ ހުވަފެނެއް ނަމަވެސް އެކަން ކުރިއަށް ގެންދިއުމުގެ ހިތްވަރު ނެތް ކަމަށް ބުންޏެވެ.
ޓައިގާ ބުނި ގޮތުގައި މިފަހަރު އެކަމައިގެން ކުރިއަށް ދެވުނީ ލޮކްޑައުނުގެ ތެރޭގައި މުޅިންއާ ކަމެއް ކުރުމުގެ ވިސްނުން އައިސްގެންނެވެ. އަދި ވަރަށް އަވަހަށް ލަވައިގެ ޓީޒާ ދޫކޮށްލާނެ ކަމަށް ވެސް ބުންޏެވެ.
އެ ވާހަކަ ހިއްސާކުރަން ކުރި ޕޯސްޓާއެކު ޓައިގާ ވަނީ އޭނާ މައިކެއް ހިފައިގެން ހުރެ ލަވަކިޔާ ފޮޓޯއެއްް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. މިހާރު އޭނާގެ ސަޕޯޓަރުން ތިބީ އެ ލަވަ އަޑުއަހާލަން ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ.