ads
ފޮޓޯ: އެޗްއީއޯސީ
މާބަނޑު މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ: ޑރ. އަފްޒަލް
މާބަނޑު މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޑރ. އިބްރާހިމް އަޒްފަލް ވިދާޅުވެއްޖެ އެވެ.

ރޭ އެޗްއީއޯސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މާބަނޑު މީހުންގެތެރެއިން 41 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ އެހެން އަދަދުތަކާއި އަޅާ ބަލާއިރު ނިސްބަތުން މާބަނޑު މީހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ދަށްކަމަށެވެ. އެހެން ނަމަވެސް މާބަނޑު މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. 

މީގެކުރިންވެސް ޑރ. އަފްޒަލް ވަނީ ކުރިއާ އަޅާ ބަލާއިރު މާބަނޑު މީހުނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އިއްޔެ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 83 މީހުންނެވެ. ރާއްޖެއިން މިހަތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 8667 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2580 މީހުންނެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 142 މީހުންނަށް ފަރުވާދެމުން އަންނަ އިރު ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް 29 މީހުން މަރުވެފައިވެއެވެ. މިހަތަނަށް 6052 މީހުން ކޮވިޑް އިން ރަނގަޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް