އެ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް އިންތިހާބު ކޮށްފައިވާއިރު ނައިބު ރައީސަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު އާސިމެވެ. މީގެ އިތުރުން އެޑްވައިޒަރީ ބޯޑަށް މި ދެ ބޭފުޅުން ހިމެނޭހެން ޖުމްލަ ނުވަ ބޭފުޅުން ވަނީ އައްޔަން ކޮށްފައެެވެ.
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުން--ފުޓޯ:ނެޝަނަލް އާކައިވް
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވާފައި ވަނީ ގައުމީ އަރުޝީފުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑަށް އައްޔަން ކުރެއްވި އާސިފަކީ ހަބަރާއި މައުލޫމާތުގެ ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.