ads
ފޮޓޯ: ރައީސް އޮފީސް
ޑރ. މުހައްމަދާއި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު އަލީ ރަޝީދު ހުސައިނާއި، ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކޮށްފި އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާނެވެ. 

މިދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ. 

އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 55 މެމްބަރުންނެވެ.  ޑރ. މުހައްމަދު އިބްރާހިމް ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 63 މެމްބަރުންނެވެ.

އަލްއުސްތާޛު އާލީ ރަޝީދު ހުސައިން އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ޤާޟީކަމާއި، ޤާޟީކަމުގެ މަޤާމާއި، ޑްރަގު ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައިވެ އެވެ. 

ޑރ. މުހައްމަދު އިބްރާހިމް އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވަނީ އިސްލާމިކް ކޮމާޝަލް ލޯގެ ދާއިރާއިންނެވެ. އެމަނިކުފާނުވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކައުންސިލް މެންބަރުކަމާއި، އެޗްޑީއެފްސީގެ ޝަރީއާ ކޮމިޓީގެ މެމްބަރުކަން ކުރައްވާފަ އެވެ. 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި މިހާރު ހުންނެވީ އަހުމަދު މުއުތަސިމް އަދްނާނެވެ. ސުޕްރީމް ކޯޓުގައި ދެން ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝަތް ޝުޖޫން މުހައްމަދާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއް ސުއޫދު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް