އަނިޔާގެ ސަބަބުން ޕޯޗުގަލްގެ އެންމެ ފަހު މެޗުގައި ރޮނާލްޑޯ ނުކުޅޭ އިރު، ގައުމީ ޓީމަށް މިހާތަނަށް ނުވަދިހަ ނުވަ ގޯލް ޖަހާފައިވެއެވެ.
އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ރޮނާލްޑޯ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާވަނީ އެންމެ ފަހުން އޮތް ޕޯޗުގަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އުމުރުން ތިރީސް ފަސް އަހަރު ނަމަވެސް، އަދިވެސް އެންމެ މަތީ ފެންވަރުގައި ހިފަހައްޓަމުން އަންނަ ރޮނާލްޑޯވަނީ ޕޯޗިގަލްއަށް ސަތޭކަ ފަންސާހަށްވުރެ ގިނަ މެޗު ކުޅެފައެވެ.
ސްވިޑްންއާ ޕޯޗުގަލް ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ އެގާރަގަޑި ސާޅީސް ފަހެއްގައެވެ.