ads
ބ. އަތޮޅު ހޮސްޕިޓަލް--ފުޓޯ: ފޭސްބުކް
ބ. އަތޮޅު ކޮވިޑް ފެސިލިޓީން 81 އަހަރުގެ މީހަކު ރަނގަޅުވެއްޖެ
ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކުރެވުނު 81 އަހަރުގެ މީހަކު ފަރުވާއަށްފަހު ބަލިން ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ރަޝީދު ވިދާޅުވީ އެޑްމިޓް ކުރެވުނު 81 އަހަރުގެ އުމުރުން ދުވަސްވީ ފިރިހެން މީހާއަކީ އަތޮޅުތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެންމެ ގިނަދުވަހު ބާއްވާގެން ފަރުވާދީ ރަނގަޅު ކުރެވިފައިވާ މީހާކަމަށާއި އެމީހާއަކީ ޑައިބެޓީސްއަށް ފަރުވާ ކުރާތާ 15 އަހަރުވެފައިވާ މީހެއްކަމަށެވެ

ރަޝީދު ވިދާޅުވީ އެމީހާ ބ.އަތޮޅު ހޮސްޕިޓަލަށް ގެނެވިފައިވަނީ އައިޖީއެމްއެޗް އިން އޮޕަރޭޝަންއެއް ކޮށްގެން ރަށަށް (ރ. ދުވާފަރު) އައިސް ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވެގެން އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ބަލިން ފަސޭހަވާ މީހުން ޑިސްޗާޖް ކުރަނީ ޕީސިއާރް ޓެސްޓް ހެދުމަށް ފަހު ނެގަޓިވް ވުމުން ކަމަށް ވާތީ އެ މީހާވެސް ޓެސްޓު ހަދާ ބައްޔަށް ނެގެޓިވް ވުމުން އިއްޔެ ރަށަށް ފޮނުވާލާފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ މިވަގުތު ދުވަސްވީ އެކަކަށް ފަރުވާދެމުންދާ ކަމަށެވެ. 

" މިވަގުތު ފަރުވާދެމުންދަނީ އައިޖީއެމްއެޗްއިން ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށްފަހު އޭދަފުއްޓަށް ހޯމްކަރަންޓީންއަށް އައިސް ހޮމްކަރަންޓިނުގެ މުއްދަތު ހަމަވުމުން ސާމްޕަލް ނަގާ ޓެސްޓު ކުރުމުން އެގުނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެއީ އުމުރުން ދުވަސްވީ އަންހެނެއް. އެގުމާއިއެކު ވަގުތުން އަޅުގަނޑުމެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ"

ރަޝީދު ވިދާޅުވީ އެމީހާގެ ހާލު މިވަގުތަށް ސީރިއަސް ނޫންކަމަށާއި އެހެންނަމަވެސް ހިތުގެ ބަލި މީހަކަށް ވުމުން ކޮންމެ ވަގުތަކުވެސް ހާލު ސީރިއަސް ވެދާނެ ކަމަށް ބަލައި އަތޮޅު ފެސިލިޓީގައި ބާއްވާގެން ފަރުވާދެމުންދާ ކަމަށެވެ.

މާލެ ހިމެނޭ ސަރަހައްދުން ހޯމްކަރަންޓީންނަށް މީހުން ފޮނުވަން ފެށިފަހުން މިިހާތަނަށް 800 އަށް ވުރ ގިނަ މީހުން ވަނީ ބ. އަތޮޅަށް ހޯމް ކަރަންޓީންނަށް އައިސްފައެވެ. މީގެ ތެރެއިން މިހާރުވެސް ކަރަންޓީންގައި 100 އަށް ވުރެ ގިނަ މީހުން ތިބިއިރު ނ. އަތޮޅާއި ރ. އަތޮޅު އަދި ބ. އަތޮޅު ގެ އިތުރުން ޅ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަން ޖެހޭނަމަ އެމީހަކު ގެންނާނީ ،ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީއަށެވެ.

ބ އަތޮޅުން މިހާތަނަށް 600 ވުރެ ގިނަ ސާމްޕަލް ނަގާ ޓެސްޓްކޮށްފައި ވާއިރު، އޭގެތެރެއިން 26 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރުވެސް ބަލިން ފަސޭހަ ނުވެތިބި 6 މީހަކު އެއަތޮޅު ކޮވިޑް ފެސިލިޓީގައި އެބަތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް