ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، އެ މަޤާމަށް މުހައްމަދު ނާސިހް އައްޔަންކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ގެ 3 ތިންވަނަ މާއްދާގެ ހަތްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މުހައްމަދު ނާސިހް އައްޔަންކުރެއްވުމުގެ ކުރިން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއިރު މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި އެ މަނިކުފާނަށް ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުއުތަޞިމް އަދުނާނެވެ.