ދެ ލަނޑު ސުންލަނޑުން ޕޯޗުގަލް މޮޅުވި މި މެޗުގައި ދެ ލަނޑުވެސް ޖެހީ ރޮނާލްޑޯއެވެ.
ރަށުން ބޭރުގައި ޕޯޗުގަލްއިން ކުޅުނު މި މެޗުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑު، އަދި އޭނާ ގައުމީ ޓީމަށް ޖެހި ސަތޭކަވަނަ ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑާއި އެކު އޭނާ ވެފައިވަނީ ގައުމީ ޓީމަށް ސަތޭކަ ލަނޑު ފުރިހަމަ ކުރި އެންމެ ފުރަތަމަ ޔޫރަޕުގެ ކުޅުންތެރިޔާއަށެވެ. މެޗުގައި ރޮނާލްޑޯގެ ދެވަނަ ލަނޑަކީވެސް ހިތްގައިމު، މޮޅު ލަނޑެކެވެ.
ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު ސަތޭކަ އެކެއް މިހާރުވެފައިވާއިރު، ރޮނާލްޑޯ ޕޯޗުގަލްއަށް އެންމެ ފުރަތަމަ ގޯލެއް ޖެހި ދެހާސް ހަތަރުވަނަ އަހަރު އޮތް ޔޫރޯގައެވެ.