ads
ފޮޓޯ:ބީއެމްއެލް
މިއީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފަހު ދުވަސް!
ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާއިރު އެފަދަ ޕްރޮޖެކްޓެއް ރަށުގައި ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭންކުން އޮތީ ހުޅުވާލާފަ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު، ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ. 

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓަކަށް ވާން ޖެހެ އެވެ.

އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

އެ ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ [email protected] މެދުވެރިކޮށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާރު ވެސް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ޕްރޮޖެކްޓްތައް ހިންގާފަ އެވެ. އެގޮތުން މިހާތަނަށް 25 ރަށަކަށް ވަނީ މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތައް ހިންގާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް