ads
ބީއެމްއެލް--- ފޮޓޯ:ސީއެންއެމް
ލޯނު ފަސްކުރަން އެދޭ ދެވަނަ ފުރުސަތު ބީއެމްއެލުން ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯނާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން ސެޕްޓެމްބަރު މަހު ފައިސާ ދައްކަން ޖެހޭ ކަސްޓަމަރުންނަށް އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯނުތައް ހަ މަހަށް ފަސް ކުރުމަށް ބީއެމްއެލުން އެންމެ ފުރަތަމަ ނިންމީ މާޗް މަހު އެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ވަނީ ލޯނުތައް ދެއްކުން ފަސްކޮށްދޭން ނިންމާފަ އެވެ. 

އެކަމަކު ބީއެމްއެލުން ބުނީ ދެވަނަ ފުރުސަތު ލިބިގެން ދާނީ ފުރަތަމަ ފުރުސަތުގައި ލޯނު ފަސްކުރުމަށް އެދި ހުށަހެޅި ފަރާތްތަކަށް އެކަނި ކަމަށެވެ.

އެގޮތުން ބީއެމްއެލުގެ ވެބްސައިޓުގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަ ފަހަރަށް އެދި ހުށަހަޅެނޭ ކަމަށާއި މި ޕޯޓަލްގައި ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސްކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަންޖެހޭ އަދަދުތައް ހިމެނިފައި ވާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. 

އޭގެ އިތުރުން ދެވަނަ ފަހަރަށް ލޯނަށް އަނބުރާ ދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލް ވެސް އެ ޕޯޓަލުން ފެންނަން ހުންނާނެ އެވެ. ލޯނު އަނބުރާ ދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. 

ގައުމީ ބޭންކުން އިތުރަށް ބުނީ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަން ޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު 8 އޮކްޓޯބަރު އަދި 8 ނޮވެމްބަރުގައި ހުޅުވާލެވޭނެ ކަމަށެވެ. 

އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާދެ އްކުން ފަސްކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް ބޭންކުން މައުލޫމާތު ދެ އެވެ. 

ލޯނަށް އަނބުރާ ދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ނުޖެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް