ads
މިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި އެ ޕާޓީގެ ރައީސް އެދިވަޑައިގެންފައި ވަނީ ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދެންނެވުމަށެވެ. 

ފައްޔާޒާއި އެހެން ބޭފުޅަކާ ވެސް ޒާތީ ކަމެއް ނެތް ކަމަށާއި، އެގޮތަށް ބޭނުންފުޅުވެވަޑައިގަންނަވަނީ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށް އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވެއެވެ. 

ފައްޔާޒަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަން ޖެހޭނެ ކަމަށް ވެސް ނަޝީދުގެ ސިޓީގައި ވެއެވެ. އެމަނިކުފާނު ވަނީ އެފަދަ ތުހުމަތުތަކާއެކު އެމްޑީޕީ ގައުމީ މަޖިލިސް ގްރޫޕަށް ވެސް މެސެޖުތަކެއް ކުރިން ފޮނުއްވާފަ އެވެ. 

އެފަދަ ސިޓީއެއް ނަޝީދު ފޮނުއްވާފައި ވާއިރު، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. 

ފައްޔާޒު މީގެ ކުރިން ވަނީ ތަކުރާރުކޮށް ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް