ads
ވިސްލްބްލޯ ކުރުމާބެހޭގޮތުން ކުރިއަށް ގެންދާ ސެޝަންތައް——
ވިސްލްބްލޯ ކުރުމާބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގަނީ
ވިސްލްބްލޯކުރުމާބެހޭ ގާނޫނުގެ ދަށުން ކަރެކްޝަންސް އިން އެކުލަވާލާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ކޮމިޓީ އާއި ލީގަލް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އޮފިސަރުންނަށާއި މުވައްޒަފުންނަށް އެ ގާނޫނާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގަން ފަށައިފި އެވެ.

ކަރެކްޝަންސް އިން ބުނީ ސެޝަންތަކުގެ މަގްސަދަކީ އެ ގާނޫނުގެ ދަށުން މަތިކުރާ މަސްއޫލިޔަތްތަކަށް އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުން ކަމަށެވެ. އެގޮތުން ހެޑް އޮފީހުގެ އަދި ހުޅުމާލޭ ޖަލުގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާފުށީ ޖަލުގައި އޮންލައިންކޮށް ހަތަރު ސެޝަން ވަނީ ހިންގާފަ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.  

މިހާތަނަށް 150 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން އެ ސެޝަންތަކުގައި ބައިވެރިވެފައި ވާއިރު ކުރިއަށް އޮތްތާނގައި މާފުށީ އައްސޭރި ޖަލާއި މާލެ ޖަލުގައި ވެސް އެ ގާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެ ސެޝަންތަކުގައި ވިސްލް ބްލޯވާ ޕްރޮޓެކްޝަން ކޮމިޓީއަށް ހުށަހެޅޭނެ މައްސަލަތަކުގެ ބާވަތާއި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ދާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާދީފަ އެވެ. ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގެ ގޮތުން އެއްވެސް ހާލަތެއްގައި އެ ފަރާތްތަކުގެ ޒާތީ އަދި އެހެނިހެން މައުލޫމާތު ހާމަ ނުކުރެވޭނެކަން ވަނީ ވަކިން ފާހަގަކޮށްފަ އެވެ. އަދި މައްސަލަ ހުށަހެޅޭނެ ގޮތްތައް އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ކިޔާދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް