ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޕީސިއާރު ޓެސްޓެއް ނެތިވެސް ދިވެހިންނަށް ރާއްޖެ އާދެވޭނެ: އިމިގްރޭޝަން
ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރް ޓެސްޓެއް ނެތި ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އޮތް ނަމަވެސް ބޭރުން އަންނަ ދިވެހިންނަށް ޕީސީއާރް ޓެސްޓް ނެތިވެސް ރާއްޖެ އާދެވޭނެ ކަަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ސެޕްޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަށް ރާއްޖެ އަންނަ ފަރާތްތަކަށް ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތުން އެޗްޕީއޭއިން ވަނީ މަޖުބޫރު  ކޮށްފަ އެވެ. އަދި އެގޮތަށް ނިންމާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން  ބުނެފައިވެ އެވެ. އެހެންނަމަވެސް ބޭރުން އަންނަ ދިވެހިން ޕީސީއާރް ޓެސްޓް ހުށައަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ވަނީ ބުނެފައެވެ.

ރާއްޖެ އަންނައިރު ޕީސީއާރް ޓެސްޓް ހުށައަޅަން ނުޖެހޭ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންނާއި އެމްޕްލޮއިމެންޓް އެޕްރޫވަލް އޮންނަ މީހުނާއި ރާއްޖޭގެ ރެޒިޑެންޓް ޕާމިޓް އޮންނަ މީހުންގެ އިތުރުން  ފުލައިޓް ކުރޫއިންނާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އިމިގުރޭޝަން އިން ބުނީ ބޭރުން އަންނަ ދިވެހިން ޕީސީއާރް ޓެސްޓް ހުށައަޅަން ނުޖެހުނު ކަމުގައިވިޔަސް މާދަމާއިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރް ނެގެޓިވް ޓެސްޓް ހުށަހަޅަން ޖެހޭނެކަމަށެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން އެކި ގައުމުތަކުން ދަނީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަމުންނެވެ. އެކަމަކު ކޮވިޑާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވަރަށް ދަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް