ads
ބޫލް ބުލައްޔާ 2 ގެ ޕޯސްޓަރެއް--
ބޫލް ބުލައްޔާ 2 ގެ ޝޫޓިން އަލުން ފަށަނީ
ބޫލް ބުލައްޔާ 2 އަކީ ބޮލީވުޑު ފިލްމުތަކުގެ ތެރެއިން އާއްމުން އެންމެ ކެތްމަދުވެފައިވާ އެއް ފިލްމެވެ. އޭގެ ޝޫޓިން ފެށީ މިދިޔަ އޮކްޓޯބަރުގަ އެވެ.

ކޮވިޑް-19 ކުރިމަތި ނުވި ނަމަ ފިލްމު އެއްކޮށް މިހާރު ނިންމާލެވިދާނެ އެވެ. ކާތިކް އާރްޔަން އަދި ކިއަރާ އަދްވާނީ އުޅޭ މި ހޮރޯ ކޮމެޑީ ޑައިރެކްޓު ކުރަނީ އަނީސް ބަޒްމީ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑް-19 އަށް ނެގި ބްރޭކަށް ފަހު ފިލްމުގެ ޝޫޓިން އަލުން ކުރިއަށް ގެންދިޔުމަށް މިހާރު އެ ޓީމުން ވަނީ ތައްޔާރުވެފަ އެވެ. 

އަނީސް ބުނެފައިވާ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ފިލްމުގެ ސެޓު ހަލާކު ނުވި ނަމަ، މާ ކުރިން ޝޫޓިން ފަށާނެ އެވެ. އެ ޓީމުން ވަނީ ޝޫޓިން އަށް ބޮޑު ހަވޭލީއެއް ހަދާފައި ކަމަށް ވެއެވެ.

އެތަން ބޭނުން ނުކުރާތާ ހަމަސް ވެފައި ވާއިރު، އަލުން މުޅި ތަން ހަދަން ވަނީ ޖެހިފަ އެވެ. ބޫލް ބުލައްޔާ 2 ވަނަ ބަޔަކީ އޭގެ ފުރަތަމަ ބަޔާ އެއްވެސް ގުޅުމެއް އޮތް ފިލްމެއް ނޫން ކަމަށް ވެއެވެ. 

ފުރަތަމަ ބައިގެ ތަރިންނަށް އުޅުނީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އެވެ. އެ ފިލްމު ވެގެން ދިޔައީ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް