ads
އުނގޫފާރު ދާއިރާގެ- މުހައްމަދު ވަހީދު (ވައްޑޭ)
އެމްޑީޕީ ތެރޭގައި މާއްދީ ދަހިވެތިކަމެއް އުފަންކުރުމުން އެހެން ޕާޓީތަކަށް ވީގޮތް ވެދާނެ: ވައްޑެ
އެމްޑީޕީ ތެރޭގައި މާއްދީ ދަހިވެތިކަމެއް އުފަންކުރުމުން އެހެން ޕާޓީތަކަށް ވީގޮތް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ މެމްބަރުންނަކީ އަމިއްލަ މާއްދީ މަންފާގެ ބަދަލުގައި، މުޅި ޤައުމަށް ބަދަލުގެނައުމަށް އަމިއްލަ ޖާނާ މާލުން ހޭދަކޮށްގެން މަސައްކަތް ކުރަމުން އައި ބައެއް ކަމަށެވެ.

އަދި އެމްޑީޕީ ތެރޭގައި ތަފާތުކޮށް ޕާޓީތެރޭގައި މާއްދީ ދަހިވެތިކަމުގެ އާދައެއް އުފަންކުރުމަކީ އެހެން ޕާޓީތަކަށް ވީގޮތް އެމްޑީޕީއަށް މެދުވެރިވެދާނޭ ކަމެއްކަމަށް ވަހީދު ވިދާޅުވި އެވެ. 

"މިޕާޓީގެ މެމްބަރުންތެރޭ ތަފާތުކޮށް ޕާޓީތެރޭގައި މާއްދީ ދަހިވެތިކަމުގެ އާދައެއް އުފަންކުރުމަކީ މިޕާޓީގެ ތަސައްވަރު ކިލަނބުވެ އެހެން ޕާޓީތަކަށް މެދުވެރިވި ގޮތް، މިޕާޓީއަށްވެސް މެދުވެރިނުވެ ނުދާނެ ކަމެއް." ވަހީދުގެ ޓްވީޓްގައި ވެއެވެ.

ވަހީދު މިފަދައިން ވިދާޅުވެފައިމިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުގެ މައްސޫލިޔަތުން އެކަހެރިވުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ޕާޓިގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. 

ރައީސް ނަޝީދުގެ ސިޓީގައި ބުނެފައިވަނީ، ފައްޔާޒާއި އެހެން ބޭފުޅަކާ ވެސް ޒާތީ ކަމެއް ނެތް ކަމަށާއި، އެގޮތަށް ބޭނުންފުޅުވެވަޑައިގަންނަވަނީ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. އަދި ފައްޔާޒަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަން ޖެހޭނެ ކަމަށް ވެސް ނަޝީދުގެ ސިޓީގައި ވެއެވެ. 

ރައީސް ނަޝީދުގެ މި ސިޓީއާއި ގުޅިގެން މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް