ads
މާބަނޑު އަންހެނެއްގެ އޮވަރީން ބޮޑު ސިސްޓެއް ނަގައިފި
ފުވައްމުލަކުގައި މާބަނޑު އަންހެނެއްގެ ބަނޑުން 885 ގްރާމްގެ ބޮޑުމިން ހުރި ސިސްޓެއް ނަގައިފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިދިޔަ އަންގާރަ ދުވަހު އެހޮސްޕިޓަލުގެ މެޑިކަލް ޓީމުން އިމަޖަންސީ ސާޖަރީއެއް ހަދާއި ހަ ހަފުތާގެ މާބަނޑު އަންހެނެއްގެ އޯވަރީން ބޮޑު ސިސްޓެއް ނަގާފައިވާ ކަމަށެވެ. 

އެ ސިސްޓުގެ ދިގު މިނުގައި 17 ސެންޓިމީޓަރު ހުރިއިރު ފުޅާ މިނުގައި 12 ސެންޓިމީޓަރު ހުރި ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ. އަދި އެ އޯވޭރިއަން ސިސްޓުގެ ބަރުދަނުގައި 885 ގްރާމްގެ ހުރިކަން ފާހަގަކުރެ އެވެ. 

ހޮސްޕިޓަލުން ބުނީ އެފަދަ ރިސްކް ބޮޑު އޮޕަރޭޝަނެއް އިމަޖެންސީ ހާލަތުގައި ކުރި ވަގުތަކީ މިފަދަ އޮޕަރޭޝަންތަކުގައި ވަކިކޮށްލާ ތަކެތި މި ހޮސްޕިޓަލުގެ ލެބޯޓްރީގެ ބެލުމުގެ ދަށުގައި މަތީ ފެންވަރުގެ އެހެން ލެބޯޓްރީތަކަށް ފޮނުވައިގެން ބައޮޕްސީ ފަދަ ތަހުލީލުތައް ހެދޭނެ އިންތިޒާމުތަކެއް ގާއިމުކުރުމަށް އަޖުމަ ބެލުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ފޮނުވަމުންދާ ވަގުތެއްގައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް