ads
ވެސްޓުޖެޓް ފްލައިޓް ފުރަން ހަމަޖެހިފައި އޮތް އެއާޕޯޓް--
ކެނެޑާގައި ކުޑަކުއްޖަކު މާސްކު ނޭޅުމުން ފްލައިޓެއް ކެންސަލްކޮށްފި
ކުޑަކުއްޖަކު މާސްކު ނާޅާ ހުރުމުން ކެނެޑާގައި ފްލައިޓެއް ކެންސަލްކޮށްފި އެވެ.

ސަފްވާން ޗައުދަީ ކިޔާ މީހަކު ބުނެފައި ވަނީ އޭނާގެ 19 މަހުގެ ދަރިފުޅު މާސްކް އަޅަން ޖެހޭނެ ކަމަށް ވެސްޓެޖެޓް އެއާލައިނުން ބުނި ކަމަށެވެ. އެކަމަކު ދަރިފުޅު ރުއިން ހުއްޓާ ނުލާތީ މާސްކު އެޅުވިފައެއް ނުވެ އެވެ.

އެ އެއާލައިނުން ބުނީ މައްސަލަ ޖެހުނީ ދޮޅު އަހަރުގެ ކުއްޖާ މާސްކު ނާޅައިގެން ނޫން ކަމަށެވެ. އެވަރުގެ ކުދިން މާސްކު އަޅަން ނުޖެހޭނެ ކަމަށާއި، މައްސަލަ ޖެހުނީ އޭނާގެ ތިން އަހަރުގެ ކުއްޖާއާ މެދު ކަމަށް ބުނެފައި ވެއެވެ. 

ޗައުދަރީ ބުނީ ތިން އަހަރުގެ ދަރިފުޅު މާސްކު އެޅުން ލަސްވީ އެ ވަގުތު ކާން އިނުމުން ކަމަށާއި، ކުޑަ ވަގުތުކޮޅެއް ދިނުމަށް އެދުމުން ވެސް ކްރޫއިން އަޑުއަހާފައި ނުވާ ކަމަށެވެ. އަދި ދެ ކުދިން ވެސް މާސްކު އަޅަން އެންގި ކަމަށެވެ.

އެ މައްސަލަ ޖެހުމުން އަންގާރަ ދުވަހު ހެނދުނު ކަލްގެރީ އިން ޓޮރޮންޓޯއަށް އޮތް ފްލައިޓް ވަނީ ހުއްޓި، ހުރިހާ ޕަސަންޖަރުން އޭގެން ބާލުވާފަ އެވެ. 

ފުލުހުން ވެސް އެތަނަށް ހާޒިރުކޮށްފައި ވާއިރު، ފްލައިޓް ފުރީ ޗައުދަރީ އާއި އޭނާގެ އާއިލާ ނުލަ އެވެ. ކެނެޑާގެ ޓްރާންސްޕޯޓް ސިޔާސަތުގައިވާ ގޮތުން ދެ އަހަރުން މަތީގެ ކުދިން މާސްކު އަޅަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް