މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ކޮމިޓީ އަލުން އެކުލަވާލައިފި
01 ޑިސެމްބަރ 2019 - 17:26:20
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން 2013 ވަނަ އަހަރު ފާސްކުރި ޤާނޫނާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައި، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ކޮމިޓީ އަލުން އެކުލަވާލައިފި އެވެ.
ޖުމްލަ 14 ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.
މި ކޮމިޓީއަކީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން އެގޮތުގައި ހިނގަމުންދޭތޯ ބެލުމަށާއި، ގާނޫނުގެ ދަށުން ދައުލަތުގެ އެކިއެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން އަޅަމުންދޭތޯ ބެލުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮމިޓީ އެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނު ފާސްކުރީ 2013 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް