
އެމްއެމްސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުންދޭ އިނާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.
އެގޮތުން އިނާމުދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ތަހްގީގީ ނޫސްވެރިކަމުގެ ދާއިރާއާއި، އިޖުތިމާއީ، ތާރީހާއި ސަގާފަތް، އަދި ފަންނުވެރިކަމުގެ ދާއިރާ، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ، ކުޅިވަރު ދާއިރާ، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ރިޕޯޓް، އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމެވެ.
މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށް އެމްއެމްސީ އިން މައުލޫމާތުދެ އެވެ.
އެމްއެމްސީ އިން ބުނެފައިވަނީ މި މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 24 ގެ މެންދުރުފަހު 13:30 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެދޭކަމަށެވެ.