ads
މީގެ ކުރިން ޗެނަލް13 ގެ އިސްވެރިންނާއި ބްރޯޑްކޮމްއިން ބައްދަލުކުރުން--
މައާފަށް އެދި ބަޔާނެއް ނެރެން ޗެނަލް13 އަށް އަންގައިފި
ލައިވް ޕްރޮގްރާމެއްގައި ފޯނުން ވާހަކަދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި މައާފަށް އެދި ބަޔާނެއް ނެރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް13 އަށް އަންގައިފި އެވެ.

ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހްގީގެއް އެ ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމަށެވެ. 

އެގޮތުން ޖަވާބުދާރީވާންދިން ފުރުސަތުގައި އެތަނުން ފޮނުވި ސިޓީގައި "ރައްޔިތުންގެ އަޑު ޕްރޮގްރާމް" ގައި އާންމު ފަރާތަކުން ދެއްކި ކަމަށް ތުހުމަތުކުރެވިފައިވާ ކޮންޓެންޓާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސަސް އިން އެ ކޮންޓެންޓްވެސް ހިމެނޭގޮތަށް ޖިނާއީ ތަހުގީގެއް ފައްޓައި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމާއި، އެ ޗެނަލްގެ ތިން ފަރާތެއް ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމާއި، ޖިނާއީ ތަހުގީގެއް ހިނގަހިނގާ އޮތް ކަމެއްގައި ތަހުގީގުގެ މެދުން ވަކި ފިޔަވަޅެއް އެޅުމަކީ ނުވަތަ މައްސަލަ ވަކި ނިންމެވުމަކީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރާފަދަ އަދުލުވެރި އިދާރީ ފިޔަވަޅަކަށް ނުވުމުގެ ފުރުސަތު ބޮޑުކަމަށް އަންގާފައިވާ ކަމަށެވެ. 

އެގޮތުން އެއް ކުށަކަށް ދެ އަދަބެއް ނުވަތަ ދެފަހަރު ފިޔަވަޅު އެޅުމަކީ ކޮމިޝަނުން ނިންމާ ނިންމުގެ ނަތީޖާކަމަށް ވެގެން ހިނގައިދާނެކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ބަޔާނުގައި އިތުރަށް ބުނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ނުވަތަ ކަމާގުޅޭ ގަވާއިދަކާ ހިލާފުވެއްޖެނަމަ، އެ މައްސަލައިގެ ޒާތަށާއި، ހައްސާސްކަމަށް ބަލައި ގާނޫނާއި ގަވާއިދުގެ އިމުތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި ބަޔާން 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި 14 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، 20:00 އިން 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން އާންމުކުރުމަށް އަންގާ ކަމަށެވެ. 

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އޮން-އެއާ ޕްރޮގްރާމްތަކުގައި ރައްޔިތުންނަށް ފޯނުކުރާ ފަރާތުން، އެ ރައްޔިތުމީހާ އޮން-އެއާގައި ސަމާލުވާންވީ ކަންތައްތައް ކިޔާދިނުމަށްފަހު މެނުވީ ފޯނު ކޯލުތައް އޮން-އެއާ ނުކުރުމަށާއި، ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލައިވް އިވެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ގާނޫނަކާއި ހިލާފު ކޮންޓެންޓެއްގެ އޮންއެއާވުމުގެ ކުރިން އެފަދަ ކޮންޓެންޓެއް ސެންސަރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޑިލޭއަށް ލައިގެން ބްރޯޑްކާސްޓްކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށާއި، އެކަންތައްތައް ރަނގަޅުކުރުމަށްފަހު 20 ސެޕްޓެންބަރު 2020 ގެ ކުރިން ކޮމިޝަނަށް އެންގުމަށް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް