ads
އެ މުވައްޒަފުން ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: ވަގުތު
އިހުތިޖާޖުކުރުމުން ހުޅުމާލޭ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށް ފިޔަވަޅު އަޅައިފި
ފްރޮންޓްލައިން އެލަވަންސް ދިން ގޮތާއި މެދު ހިތްހަމަނުޖެހިގެން އިހުތިޖާޖުކުރި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި އެޓެންޑެންޓުންނަށް ފިޔަވަޅު އަޅައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ގޯތިތެރޭގައި ތިބެގެން އެ މީހުން އިހުތިޖާޖުކުރީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ތަފާތު އެކި ޝުއޫރުތަކާއެކު ޕޯސްޓަރުތައް ހިފައިގެން ތިބެ އިހުތިޖާޖުކުރިއިރު އެތަނުގައި ގާތްގަނޑަކަށް 40 ނަރުހުންނާއި އެޓެންޑެންޓުން ތިއްބެވެ. 

އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުން ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ރައީސް އޮފީހުގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި ހުޅުމާލޭ ހޮސްޕިޓަލު ޓެގްކޮށް އެ ޔޫނިއަނުން ކުރި ޓްވީޓުގައި ބުނީ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް، ހޯދުމަށް އިހްތިޖާޖްކުރުމަކީ، ގާނޫނީ ގޮތުން ލިބިގެންވާ ހައްގެއް ކަމަށާއި ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ކުރި އިހްތިޖާޖްއާއި ގުޅިގެން، އިއުލާންކުރެވި، ހޮވިފައިވާ މަގާމްތަކެއްގައި ތިބި މުއައްޒަފުން، ޑީމޯޓް ކުރުމަކީ ބަލައިގަނެވޭ ކަމެއްނޫން ކަމަށެވެ. 

އެ ފިޔަވަޅުތަކަކީ މަސައްކަތްތެރިންނަށް ދެވުނު އަނިޔާއެއްކަން ފާހަގަކޮށް އެ ޔޫނިއަނުން ބުނީ އަދި ފިޔަވަޅު އެޅުނު މުއައްޒަފުންނާއި، ގާނޫނީ ގޮތުން އެހީތެރިވުމުގެ މަސައްކަތް އެ ޔޫނިއަނުން ކުރާނެ ކަމަށެވެ. 

އިހުތިޖާޖުކުރި މުވައްޒަފުންގެ މަގާމަށް ބަދަލުތަކެއް ގެނައުމުގައި ގުޅިގެން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދުމަށް އެ ހޮސްޕިޓަލުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް