އިންސްޓަގްރާމު މެދުވެރިކޮށް އެކަން ހާމަކޮށް ސާރާ ބުނީ އޭނާ މިވަގުތު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހިއްސާކޮށް ސާރާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށައި ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފަ އެވެ.
ސާރާ މަސައްކަތްކުރި ބައެއް ޝޯތަކަށް ބަލާލާއިރު އޭނާ ވަނީ ސަސުރާލް ސިމަރް ކާ އާއި "ސަޕްނާ ބަބުލް ކާ.. ބިދާއީ" އަދި "ބޭ ހުދީ" އާއި "ޖާނެ ނާދިލް ސޭ ދޫރް" ފަދަ ޝޯތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
ޓީވީ ޝޯތަކުގައި މަސައްކަތްކުރާ ތަރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ތަރިންގެ ތެރޭގައި ކަސޯޓީ ޒިންދަގީ ކޭގެ ޕާތު ސަމްތާން އާއި ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގެ ތަރި ޝަޗިން ތިޔާގީ ފަދަ ތަރިން ހިމެނެ އެވެ.