ފެމެލީ ކޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވަރީގެ 182 މައްސަލައެއް އެކޯޓުން ވަނީ ނިންމާފައެވެ. އޭގެތެރެއިން 147 މައްސަލައަކީ މިދިޔަ މަހުކޮށްފައިވާ ވަރިކަމަށް ކޯޓުގެ ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ކޯޓުން ނިންމި ވަރީގެ މައްސަލަތަކަށް ބަލާއިރު އެބެމް ގިނައީ ވަރިވުމަށް އެދި ހުށައެޅި މައްސަލަތަކެވެ. އެގޮތުން ވަރިވުމަށް އެދި 82 މީހަކު ވަނީ މިދިޔަ މަހު ކޯޓަށް ހުށައަޅާފައެވެ. ދެން އެންމެ ގިނައީ ވަރި ސާބިތުކުރުމަށް ހުށައެޅި މައްސަލަތަކެވެ. ވަރި ސާބިތުކުރަން 75 މީހަކު ކޯޓަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ދަރިންނަށް ދޭންޖެހޭނެކަމަށް ގާނޫނުގައި ބުނާ ހަރަދު ނުދީގެން ހަތަރު މައްސަލައެއް މިދިޔަ މަހު ވަނީ ކޯޓަށް ހުށައަޅާފައެވެ. އަދި ދަރިންގެ އެހެނިހެން ހަރަދު ހޯދުމަށް ދެ މީހަކު ވަނީ ކޯޓްގެ ދޮރުގައި ޓަކި ޖަހާފައެވެ.