ads
ހުޅުމާލޭ އިންޖީނު ނިވާލައި މަސައްކަތް ނިންމާލުމަށްފަހު ސްޓެލްކޯގެ މުވައްޒަފުން އެމްޑީ ފަހުމީ އާ އެކު ފޮޓޮއަކަށް ހުއްޓި - ފޮޓޯ: ހުސައިން ފަހުމީ
ސްޓެލްކޯއިން 50 މެގަވޮޓުގެ އިންޖީނުގޭގެ މަރާމާތުގެ މަސައްކަތް ނިންމައިފި
މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ކަރަންޓު ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ސްޓެލްކޯއިން ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިވާލައި ކުރި މަސައްކަތް، ތާވަލު ކުރި ވަގުތަށްވުރެ ގަޑިއިރެއް ކުރިން ނިންމާލައިފި އެވެ.
Advertisement

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން ފަހުމީ މިއަދު އެކްސްގައި ވިދާޅުވި ގޮތުގައި މި މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނު 8:43ގަ އެވެ. އަދި ކުރިން ލަފާކޮށްފައި ވަނީ އެ މަސައްކަތް ނިންމާލާ އަލުން ކަރަންޓް ދެވޭނީ މިއަދު ހެނދުނު 6-10އަށް ކަމަށެވެ. 

ސްޓެލްކޯއިން މި މަސައްކަތް ކޮށްފައި ވަނީ މުޅި ގްރޭޓާ މާލެ ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑުމުގެ ދެ މައްސަލައެއް ފާއިތުވި ތިން މަސް ތެރޭގައި ހިނގައިފައިވަނިކޮށެވެ. މި މަސައްކަތް މި ކުރީ، އެ ކުންފުނިން ބުނިގޮތުގައި، ކުރިއަށް އޮތް ތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، އެފަދަ މައްސަލަތައް ހުއްޓުވުމުގެ ގޮތުންނެވެ.

"މި މަސައްކަތް މިހާ އަވަހަށް ނިންމާލެވުނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމާއި ހީވާގިކަމުން،" ފަހުމީ ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ގައުމަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް، ކަރަންޓު ކެނޑީ މިއަދު ހެނދުނު 06:00 އިން 10:00 އަށެވެ. ކޮންމެ ސަރަހައްދަކުން ވެސް ކަރަންޓު ކަނޑާލީ އެއް ގަޑިއިރަށެވެ.

ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް