ads
ހުޅުމާލެ އިންޑޯރް ކޮމްޕްލެކްސް——މައި ހުޅުމާލެ
ހުޅުމާލެ އިންޑޯ ކޮމްޕްލެކްސް ހޯލް، ޕްރެކްޓިސް ހޯލެއްގެ ގޮތުގައި ދޫކުރަނީ
ހުޅުމާލޭ އިންޑޯ ކޮމްޕްލެކްސްގެ ހޯލް ޕާފޯމިން އާޓިސްޓުންނަށް، ޕްރެކްޓިސް ހޯލެއްގެ ގޮތުގައި ދޫކުރުމަށް ޔޫތް މިނިސްޓްރީން ނިންމައިފި އެވެ
Advertisement

ޔޫތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޕާފޯމިން އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް  ލިބެމުން އަންނަ ކަމަށެވެ.

އެހެންވުމުން، އާޓްސްގެ ދާއިރާގައި ގިނައިން ހަރަކާތްތެރި ވަމުން އަންނަނީ ޒުވާނުން ކަމަށްވުމާއެކު އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭ އިންޑޯ ކޮމްޕްލެކްސްގެ ހޯލް އެ މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ އެ އިންޑޯ ހޯލްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ފަރާތްތަކުން މިއަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލް ނުވަތަ ސިޓީއަކުން އެކަން އެންގުން އެދޭކަމަށެވެ.

އަދި އެކަމާގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެމިނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް