ads
ޑިއާނާ ޑޭމް ރިގް-- ފޮޓޯ: ޕޮޕް ލައިވްލީ
ފުރަތަމަ އަންހެން ޖޭމްސް ބޮންޑް އަދި ގޭމް އޮފް ތްރޯންސްގެ އެކްޓްރެސް ޑިއާނާ މަރުވެއްޖެ
ޓީވީ ސީރީސް އެމާ ޕީލް އިން އާއި އެވެންޖާސްގެ އިތުރުން އޮލެންނާ ޓައިރެލްގެ ގޮތުގައި ގޭމް އޮފް ތްރޯންސް އިން މަޝްހޫރުވި އެކްޓަރެސް ޑޭމް ޑިއާނާ ރިގް މަރުވެފައިވަނީ އޭނާގެ އުމުރުން 82 އަހަރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް އިއްޔެ ހެނދުނެވެ.

ޑިއާނާގެ ދަރިފުޅު އަދި އެކްޓަރެސް ރޭޗަލް ސްޓާލިން، މަންމަ މަރުވިކަން ޔަގީންކޮށްދެމުން ބުނީ މަންމަ މަރުވެފައިވަނީ ހިތްހަމަޖެހުމާއިއެކު ނިދާފައި އޮވެގެން އާއިލާއާއިއެކު ކަމަށެވެ. 

"މަންމަގެ ފަހު ދުވަސްތައް ހޭދަކޮށްފައިވަނީ ދިރިއުޅުމުގައި ހޭދަކުރެވުނު ދުވަސްތަކުން އުފަލާއި ހިތްހަމަޖެހުން ހޯދަމުން މަންމަގެ ޕްރޮފޭޝަންގައި ކުރެވުނު އާދަޔާ ހިލާފު މަސައްކަތްތަކާއި މެދު ފަހުރުވެރިވާ ހާލު ހިތްހަމަޖެހުމާއިއެކު. މަންމަގެ މާނަފުން ނަސޭހަތްތައް އަބަދުވެސް ހަނދާން ހުންނާނެ،" އެކްޓަރެސް ރޭޗަލް ބުނެފައި ވެއެވެ.

your imageޑިއާނާ ޖޭމްސް ބޮންޑް އިން--

ޑިއާނާއަކީ މިސް ޖޭމްސް ބޮންޑްގެ ލަގަބު ލިބުނު ހަމައެކަނި އަންހެން މީހާ އެވެ. އޭނާ ވަނީ މެޖެސްޓީ ސީކްރެޓް، އާއި ވިކްޓޯރިއާ އަދި މިސް ލުފްރޭގެ އިތުރުން ނިއު އެޑަޕްޝަން އޮފް އޯލް ކްރިއޭޗާ ފަދަ މަޝްހޫރު ފިލްމުތައް ކުޅެފަ އެވެ. 

ޑިއާނާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ  ގޭމް އޮފް ތްރޯންސްގެ އޮލެންނާ ޓައިރެލްގެ ރޯލުން މިދިޔަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް