ads
އއ. ބޮޑުފޮޅަދޫ--
އަންހެނަކު ރޭޕްކޮށް ވީޑިއޯކުރި ދެ މީހަކު ހައްޔަރުކޮށްފި
އއ. ބޮޑުފޮޅަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށް ވީޑިއޯކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުފޮޅަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު އެރަށުގެ ދޯނި އެހެލާ ބަނދަރަށް ގެންގޮސް، ދެ މީހަކުވެގެން އޭނާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައި ވީޑިއޯއެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިފަހުން ވަނީ އައްޑޫސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައެއް ވެސް ފުލުހުން ބަލަން ފަށާފަ އެވެ. އެ މައްސަލައިގައި ވެސް ދެ މީހަކު ހައްޔަރުކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް