ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު ކުރާ ފަތުރުތައް އިއްޔެ އަލުން ފެށިއިރު، ހަފްތާއަކު ދެ ދުވަހު އެ އެއާލައިނުން ދެން ރާއްޖެ އަންނާނެ އެވެ.
އެގޮތުން ފްލައިޓް ރާއްޖެ އަންނާނީ ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ. އަދި ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި އާދީއްތަ ދުވަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރު ބަންދުކުރުމަށް ފަހު، މިދިޔަ ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު ފްލައިޓުތައް ދަނީ މަޑުމަޑުން ރާއްޖެއަށް ދަތުރު ކުރަން ފަށަމުންނެވެ.