ads
ނިކް އާއި ޕްރިޔަންކާ
ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަށް އަހަރެއް: ލާމަސީލު ޖޯޑެއް
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ޖޯޑަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ. އެދެމީހުންގެ ކައިވެންޏަށް މިއަދު އަހަރެއް ވެފައިވާއިރު އުމުރު ތަފާތަށް ލޯބިން އެކުގައި އުޅެވޭނެ ކަން އެދެމީހުންސާބިތު ކޮށްދީފިއެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ޖޯޑަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ. އެދެމީހުންގެ ކައިވެންޏަށް މިއަދު އަހަރެއް ވެފައިވާއިރު އުމުރު ތަފާތަސް ލޯބިން އެކުގައި އުޅެވޭނެ ކަން އެ ދެ މީހުން ސާބިތު ކޮށްދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ޕްރިޔަންކާ އާއި ހޮލީވުޑުގެ ތަރި، ނިކް އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރިއިރު މި ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވެފައިވެ އެވެ.

ނިއުޔޯކަށް އުފަން ނިކްއާ ކައިވެނި ކުރުމުން އެންމެ ގިނަ ބަޔަކު ފާޑުކިޔާފައިވަނީ ނިކް އަކީ އޭނާއަށް ވުރެ 10 އަހަރު ހަގު މީހަކަށް ވުމެވެ. ނަމަވެސް އުމުރަކީ ހަމައެކަނި ނަންބަރެއް ކަން އެ ދެ މީހުން ސާބިތުކޮށްދީފި އެވެ.

ކައިވެންޏަށް އަހަރެއް ވުމާއެކު ދާދި ފަހުން ޕްރިޔަންކާ ވަނީ ކައިވެންޏަށް އަހަރެއް ވާތީ ނިކް އަށް ހާއްސަ ހަދިޔާއެއް ދީފަ އެވެ. އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯގައި ފެނިގެންދަނީ ނިކް ނިދާފައި އޮއްވާ އޭނާއަށް ކުއްތާއެއް ހަދިޔާ ކުރާ މަންޒަރެވެ. ނިކް އުފަލުން ފޮޅިގެން ހުރެ ނިދިން ހޭލާ މަންޒަރު ވެސް ފެނެ އެވެ.

އުމުރުން 27 އަހަރުގެ ނިކް ވަނީ އެކަމަށްޓަކައި އޭނާގެ އަންހެނުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ލިބުން ހަދިޔާއާ ހުރެ ހެނދުނުއްސުރެ އޭނާގެ މޫނުމައްޗަށް އުފާވެރިކަން ގެނުވާފައިވާ ކަމަށް ވެސް ބުންޏެވެ.

ގިނަ ބަޔަކު އަންނަނީ ޕްރިޔަންކާ އާއި ނިކް އަށް މަރުހަބާ ކިޔަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް