ads
އެޓޯލް ބޭސްޑް ޕީޑީ ވެބިނާ ސީރީސް---
ރ. އަތޮޅުގައި "އެޓޯލް ބޭސްޑް ޕީޑީ ވެބިނާ ސީރީސް" އެއް ފަށައިފި
ރ. އަތޮޅުގެ ސްކޫލްތަކާއި ރ. ޓީޗާސް ރިސޯސް ސެންޓަރާއި ގުޅިގެން އެޓޯލް ބޭސްޑް ޕީޑީ ވެބިނާ ސީރީސްއެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ވެބިނާ ސީރީސްތަކުގެ މައިގަނޑު މަގްސަދަކީ މިހާރު ހިދުމަތުގައި ތިބި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ސަޕޯޓް ސްޓާފުންނަށް މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މައުލޫމާތު، ތަފާތު ދާއިރާތަކުން ފޯރުކޮށްދިނުން ކަމަށެވެ.

ކޮންމެ ވެބިނާއެއްގައި ތަފާތު ހަ މައުލޫއަކަށް އިންސާފުކުރާއިރު އެ ވެބިނާތައް ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ސެޝަންތައް ކޯޑިނޭޓް ކުރާނީ އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުން ކަމަށާއި އަދި މި ސެޝަންތައް ނަންގަވައި ދެއްވާނީ ތަފާތު ދާއިރާތަކުން ތައުލީމު ހާސިލުކުރައްވައިގެން ތިއްބެވި ތަޖުރިބާކާރު ފަރާތްތަކުން ކަމަށެވެ.

ޕީޑީ ސެޝަންތަކުގެ މި ބުރުގައި 700 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި އަތޮޅުތެރޭގެ އެކި ސްކޫލްތަކުން 584 ޓީޗަރުންނާއި 117 ސަޕޯޓް ސްޓަފުން ހިމެނިވަޑައިގަންނަވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޭސްބުކް ޕޭޖްގައި ލައިވް ކުރާ އެ ޕީޑީ ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ އެހެން އަތޮޅުތަކުގެ މުދައްރިސުންނަށް އެ ފުރުސަތުވަނީ ހުޅުވައިލެވިފައި ކަމަށާއި ސެޝަންތަކުގައި ބައިވެރިވުމަށް ބޭނުންވާ ސެޝަން ލިންކްތައް ޓީއާރުސީ ފޭސްބުކް ޕޭޖުން ލިބޭނެ ކަަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޖުމުލަ ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ އެ ޕީޑީ ވެބިނާ ސީރީސްގެ ފުރަތަމަ ބުރު ބޭއްވިފައިވަނީ އިއްޔެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް