ads
ކައިލާނުން އަލަށް ރާއްޖޭގެ ބާޒަތަށް ދާރެޖް ބްރޭންޑް ތައާރަފުކުރުން---
ކައިލާން އިން ދާރެޖް ބްރޭންޑްގެ ބޮޑީ ސްޕްރޭ ރާއްޖެއަށް ތައާރަފުކޮށްފި
ދުނިޔޭގެ މަޝްހޫރު ދާރެޖް ބްރޭންޑްގެ ބޮޑީ ސްޕްރޭ މުޅިން އަލަށް ކައިލާން ޓްރެންޑްސް އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ދާރެޖް ބްރޭންޑްގެ ސެންޓަކީ ވަރަށް ގިނަ ފަރާތްތަކެއްގެ މަގްބޫލްކަން ލިބިފައިވާ ސެންޓެކެވެ. އަދި އެ ސެންޓްގެ ބޮޑީ ސްޕްރޭ ރާއްޖެއަށް ތައާރަފް ކުރުމާއެކު ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް އެ ބޮޑީ ސްޕްރޭއަށް ލިބިގެން ގޮސްފައިވެ އެވެ. 

ޓްރެންޑްސް ބްރޭންޑްގެ ދާރެޖް ބޮޑީ ސްޕްރޭ މިހާރު ކައިލާން ޓްރެންޑްސް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން އަންނައިރު ޓްރެންޑްސް ބްރޭންޑްއިން މުޅިން އަލަށް އިތުރު އަށް ވައްތަރެއްގެ ބޮޑީ ސްޕްރޭ ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ވިކްޓޯރިއާ ސީކްރެޓް، ސްކަލްޕްޗާ، ބޭޑްބޯއީ ފަދަ މަގްބޫލް ސެންޓުތައް ހިމެނެ އެވެ.

ކައިލާނުން ބުނި ގޮތުގައި ރާއްޖޭގެ މާކެޓްގައި ހޯލްސޭލް ކަސްޓަމަރުންނަށް އެންމެ ފައިދާބޮޑު މާޖިންއަކާއެކު ވިއްކޭނެ އެ ބޮޑީ ސްޕްރޭއަކީ މިހާރު ރާއްޖޭގެ ބޮޑީ ސްޕްރޭ މާކެޓްގައި އެންމެ ހިނގާ އެއް ބޮޑީ ސްޕްރޭ އެވެ. އަދި 250 އެމްއެލްގެ އެ ބޮޑީ ސްޕްރޭގެ ޖުމްލަ 22 ވައްތަރު މިހާރު ކައިލާން ޓްރެންޑްސް އިން ލިބެން ހުންނާނެ ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން ކޮސްމެޓިކްސް ހޯލްސޭލް ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ ބޮޑީ ސްޕްރޭ އާއި ސެންޓް އަދި އެހެނިހެން ސާމާނު އެއްތާކުން ހޯދާނަމަ، ބޮޑު ރަސްގެފާނު މަގު، ގަލޮޅު ސަހަރާ ކަންމަތީގައި ހުންނަ ކައިލާން ޓްރެންޑްސް ހިޔާރު ކުރުމުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެގޮތުން ބޭނުންވާ ސާމާނަށް އޯޑަރު ދިނުމުން ކޮންމެ ތަނަކަށް ވެސް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ. 

ކައިލާނުން ބުނީ ބޮޑީ ސްޕްރޭ އަދި ސެންޓްގެ ބާވަތްތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް އެކުލެވޭ ގުޑް ގާލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރެންހައިޓް ފަދަ މަޝްހޫރު ވަސްތައް އެކުލެވޭ އެކި ސައިޒްގެ ބޮޑީ ސްޕްރޭއާއި ސެންޓް ހޯލްސޭލް ކަސްޓަމަރުންނަށް ވަރަށް ހާއްސަ އަގުތަކަކާއެކު ކައިލާން ޓްރެންޑްސް އިން ލިބެން އެބަހުރި ކަމަށެވެ. 

އޭގެ އިތުރުން ވެސް މިހާރު ރާއްޖޭގައި އެންމެ މަގުބޫލް ކަމެއް ހޯދަމުން އަންނަ ހަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޑްގެ އެކި އެކި ޕްރޮޑަކްޓްތައްވެސް ކައިލާން ހޯލްސޭލް ސެންޓަރުން ލިބެން ހުރިކަން ފާހަގަކުރެ އެވެ. އަދި އެ ބްރޭންޑްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް ނަގާ ފަރާތްތަކަށް ޑިސްޕްލޭ ސްޓޭންޑް ހިލޭ ލިބޭނެ ކަމަށާއި އިޒަބެލް ޑުޕޮންޓްއަކީ މިހާރު ރާއްޖޭގައި ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަގްބޫލް ކަމެއް ލިބެމުން އަންނަ މޭކަޕް ބްރޭންޑް ކަމަށް ބުނެ އެވެ. 

އެ ބްރޭންޑްގެ މޭކަޕް ޕްރޮޑަކްޓްސް ތަކުގައި ރާއްޖޭގައި ވިއްކާ ބައެއް އެހެން މޭކަޕް ޕްރޮޑަކްޓް ތަކުގައި ނެތް ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށާއި އޭގެ ތެރޭގައި ހަލީލް މޭކަޕަކަށް ވުމުގެ އިތުރުން އެ ޕްރޮޑަކްޓްތަކުގެ މަސްކަރާއާއި އައިލައިން ތަކަކީ ވޯޓާ ޕްރޫފް އަދި ލޮލުން އުފެދޭ ފެނުން މޭކަޕަށް އެއްވެސް އަސަރެއް ނުކުރާގޮތަށް އުފައްދާފައިވާ މޮޅު ބްރޭންޑެއް ކަމަށެވެ. 

ކައިލާން ހޯލްސޭލް ސެންޓަރުން ވިޔަފާރި ކުރުމުގައި ރާއްޖޭގެ އެކި އެކި ރަށްރަށުގެ ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބޭނުންވާ ޕްރޮޑަކްޓްތަކެއް ރިކުއެސްޓް ކުރުމުން މޯބައިލް ފޯނަށް ފޮނުވައިދެވޭނެ ކަމަށާއި އަދި ޕްރޮޑަކްޓް ސިލެކްޓްކުރުމަށް ފަހު، ގަތުމުން ބޯޓަށް ހިލޭ ގެންގޮސްދެވޭނެ ކަމަށް ވެސް ކައިލާނުން ބުނެ އެެވެ. 

ކައިލާން ހޯލްސޭލް ސެންޓަރު ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރުގެ ފޯން ނަންބަރަކީ 7986474 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް