ads
ހިރިލަންދޫ ކުޑަކުދިންގެ ޕާކް-- ފޮޓޯ: ހިރިލަންދޫ ކައުންސިލް
ހިރިލަންދޫ ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި
ތ. ހިރިލަންދޫ ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި އެވެ.

ޔޫތް މިނިސްޓަރު މަހްލޫފް ވިދާޅުވީ އެ މިނިސްޓްރީ އާއި ހިރިލަންދޫ ކައުންސިލްގެ ބޮޑު ބައިވެރިވުމާއެކު އެ ރަށުގައި ގާއިމްކުރި ޕާކުގެ މަސައްކަތްތައް ނިންމާ އިއްޔެ އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. 

އެ މަސައްކަތައް ކައުންސިލުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މިނިސްޓަރު މަހްލޫފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

ހިރިލަންދޫ ކުޑަކުދިންގެ ޕާކް ހުޅުވުން ރަށުގެ ރައްޔިތުން ކުލަގަދަކޮށް ފާހަގަކޮށްފައި ވާއިރު ޔޫތް މިނިސްޓްރީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕާކުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު ވަނީ އެއްބަސްވުމެއްގައި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. 

ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

ރާއްޖޭގެ 102 ރަށެއްގައި ކުޑަކުދިންގެ ޕާކްތައް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް