ads
ލިލީ ބީޗް އެންޑް ސްޕާ ރިސޯޓް
ލޮކްޑައުންއަށް ފަހު އެންމެ ގިނަ ބަޔަކު ގޫގުލްކުރި ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ރާއްޖެ
ލޮކްޑައުންއަށް ފަހު އެންމެ ގިނަ ބަޔަކު ގޫގުލް މެދުވެރިކޮށް ހޯދި މަންޒިލުތަކުގެ ލިސްޓުގެ ދެވަނަ ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.
Advertisement

ގޫގުލް މެދުވެރިކޮށް ދެވަނައަށް އެންމެ ގިނަ ބަޔަކު ގޫގުލްކުރި ގައުމުތަކުގެ ލިސްޓުގެ ދެވަނަ ރާއްޖެއަށް ލިބިފައިވާކަން ހާމަވީ އޮންލައިން ވިސާ އެޕްލިކޭޝަނާއި އަދިވެސް އިތުރު ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ، އޮފިޝަލް އީސްޓާ.ކޮމް އިން "ގޫގުލް ކީވޯޑް ޕްލޭނާ" މެދުވެރިކޮށް ކުރި ދިރާސާއަކުންނެވެ. 

އެ ދިރާސާ އިން ދައްކާ ގޮތުގައި ލިސްޓުގެ އެންމެ ކުރީގައި އިޓަލީ އޮތީ 1.94 މިލިއަން ފަހަރު އެގައުމު ގޫގުލް މެދުވެރިކޮށް، ސާޗުކޮށްގެންނެވެ. އަދި ރާއްޖެ ދެވަނައިގައި އޮތީ 1.8 މިލިއަން ފަހަރު ހޯދި މަންޒިލެއްގެ ގޮތުގަ އެވެ. 

ލޮކްޑައުންއަށް ފަހު އެންމެ ގިނަ ބަޔަކު ގޫގުލް މެދުވެރިކޮށް ހޯދި މަންޒިލުތަކުގެ ލިސްޓުގެ ތިން ވަނައިގައި އޮތީ މެކްސިކޯ އެވެ. އެ ލިސްޓުގެ ތިން ވަނަ މެކްސިކޯއަށް ލިބުނީ 1.7 މިލިއަން ފަހަރު ހޯދި މަންޒިލަކީ އެއީ ކަމަށްވާތީ އެވެ. 

އޭގެ އިތުރުން ތައިލެންޑާއި ސްޕެއިން އަދި ކެނެޑާ ވެސް އެންމެ ގިނަ ބަޔަކު ގޫގުލް މެދުވެރިކޮށް ހޯދި މަންޒިލުތަކުގެ ގަދަ ދިހައެއްގައި ހިމެނެ އެެވެ.

އޭގެ އިތުރުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިގެންދިޔަ ގައުމު، ޗައިނާ ވެސް އެ ލިސްޓުގެ ގަދަ 15 ގައި ހިމެނެ އެވެ. އެގޮތުން 11 ވަނައިގައި ޗައިނާ ހިމެނެނީ އެއް މިލިއަން ފަހަރު އެގައުމު ގޫގުލް މެދުވެރިކޮށް ސާޗުކޮށްފައިވާތީ އެވެ.

މިފަދަ ބޮޑު ދިރާސާއެއްގައި ރާއްޖެއަށް ދެވަނަ ލިބުނުއިރު މީގެ ކުރިން ވެސް ކޮވިޑްގެ ހާލަތުގައި ކުރިއަށް އެކި ދިރާސާތަކުގައި ޗުއްޓީ ހޭދަކުރަން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ބޭނުންވާކަން ދައްކާފައިވެ އެވެ. 

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ބަންދުކުރަން ޖެހުނު ދަނޑިވަޅުގައި ވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ހުއްޓާ ނުލާއި ކުރިއަށް ގެންގޮސްފަ އެވެ. އަދި މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައި މިވަނީ 120000 ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ގެނައުމުގެ އަމާޒާއެކު އެވެ. 

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކަކާއެކު އަލުން ރިސޯޓުތައް ހުޅުވިއިރު އެމީހުންގެ އިތުބާރު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތި ރާއްޖެއަށް ނާދެވޭ ގޮތް ހަދާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް