ads
ސުޝާންތާއި ސާރާ-- ފޮޓޯ: އިންޑިއާ ޓީވީ
ތައިލެންޑް ދަތުރަށް ފަހު ސުޝާންތާއި ސާރާ ވާހަކައެއް ނުދައްކާ
ތައިލެންޑަށް ކުރި ދަތުރަށް ފަހު ސުޝާންތު ސިންގް ރާޖްޕުތާއި ސާރާ އަލީ ހާން ވާހަކަނުދައްކާ ކަމަށް ސުޝާންތުގެ ޑްރައިވަު ދިރެންދްރަ ޔާދަވް ބުނެފި އެވެ.

ޔާދަވް ވެސް ވަނީ ސުޝާންތުގެ މަރާ ގުޅިގެން ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ތަހުގީގަށް ބަޔާން ދީފަ އެވެ. 

ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ، ސާރާއާ ގުޅޭ ގޮތުން އޭނާ ބުނީ ރުޅިވި ފަހުން ވެސް އެ ދެ މީހުންނަކީ ގާތް އެކުވެރިން ކަމަށެވެ.

އެކަމަކު ތައިލެންޑަށް ކުރި ދަތުރަކަށް ފަހު ސުޝާންތުގެ ގެއަށް ސާރާ އައުން ހުއްޓާލި ކަމަށް އޭނާ ބުންޏެވެ. އެމީހުން ތައިލެންޑަށް ދިޔެއީ ސަލްމާން ހާންގެ ރިއެލިޓީ ޝޯގައި "ކެޑާނަތް" ޕްރޮމޯޓް ކުރުމަށެވެ. 

ސުޝާންތުގެ އެކުވެރި ސެމުއެލް ހައޮކިޕް ކުރިން ބުނެފައި ވަނީ އެ ދަތުރުގައި އެ ދެމީހުންގެ އިތުރު އެކުވެރިން ވެސް ބައިވެރިވި ކަމަށެވެ.

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ މިހާރު ހުރީ ބައިކުއްލާ ޖަލުގަ އެވެ. އެއީ ސުޝާންތާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެންނެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ސުޝާންތާއެކު ސާރާ، ރާކުލް ޕްރީތް ސިންގް އަދި ސައިމޯން ހަމްބައްޓާ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އޭނާ ތަހުގީގަށް ވަނީ ކިޔައިދީފަ އެވެ. 

އެގޮތުން މަސްތުވާތަކެތީގެ މި މައްސަލާގައި ޝާމިލްވާ 25 ބޮލީވުޑު ސެލެބްރިޓީންގެ ނަން އޭނާ ހާމަކޮށްފައިވާ ކަމަށް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް