ads
އަނުޝްކާ އާއި ވިރާޓް--
މަންމައަކަށް ވާތީ އަނުޝްކާ އިމޯޝަނަލް ވެއްޖެ
މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑުގެ ބަތަލާ، އަނުޝްކާ ޝަރްމާ ވަނީ ފުރަތަމަ ދަރިއަށް ބަލިވެ އިން ހަބަރު ދުނިޔެއަށް ހިއްސާކޮށްފަ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ބަނޑުބޮޑު ފޮޓޯއަކާއެކު އެ ހަބަރު ހިއްސާކުރުމުން، ބޮލީވުޑުގެ އެންމެ ލޯބި ޖޯޑަށް ދަރިއަކު ލިބޭތީ އެންމެން ވެސް ތިބީ އުފަލުންނެވެ.

އިއްޔެ އަނުޝްކާ މިވަނީ މަންމައަކަށްވާތީ ވަރަށް ބޮޑަށް އިމޯޝަނަލްވެ ޕޯސްޓެއް ކޮށްފަ އެވެ. އެގޮތުން ކުއްޖަކު މައިމީހާގެ ބަނޑުގައި ގަރުބަގަންނަ ގޮތާއި މެދު ވަރަށް ހައިރާންވާކަމަށް ދޭހަވާ ގޮތަކަށް ކެޕްޝަނުގައި ލިޔެފައިވެ އެވެ.

ހިއްސާކުރި ފޮޓޯއިން ފެނިގެންދަނީ އަނުޝްކާ، އޭނާގެ ބަނޑުގައި އެއް އަތުން އަތް އަޅާލައިގެން ބަނޑަށް ބަލަހައްޓައިގެން ހުރި މަންޒަރެވެ.

މިހާރު އަނުޝްކާގެ ބަނޑަށް ގާތްގަނޑަކަށް ހަތަރު މަސްވެފައިވާއިރު އޭނާ ވިހާނީ އަންނަ ޖެނުއަރީ މަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް