މިފަހަރު މިފަދަ ފޮޓޯއެއް ހިއްސާކުރީ ރަންވީރު ސިންގެވެ. އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ރަންވީރު ހިއްސާކުރި އެ ފޮޓޯގައި ފެނިގެންދަނީ އޭނާ ވަރަށް ފޮޓޯއަށްވެފައި ހުރި މަންޒަރެވެ.
ރަންވީރު އޭނާގެ ކުޑައިރުގެ ލޯބި ފޮޓޯއެއް ސަޕޯޓަރުންނާއި ހިއްސާކުރިއިރު މީގެ ކުރިން ވެސް ކުޑައިރުގެ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅުންނަމަވެސް ރަންވީރަކީ އެންމެ ބިޒީ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިވަގުތު އޭނާހުރީ ގޭގައި ކަރަންޓީނުވެގެންނެވެ.
ރަންވީރުގެ ކުރިއަށް އޮތް މަސައްކަތަކީ “83” އެވެ. އެކަމަކު ކޮވިޑާ ގުޅިގެން ފިލްމު ފަސްކޮށްފައިވާއިރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު ތަހުތުން ވެސް އޭނާ ފެނިގެންދާނެ އެވެ.