ads
ބީއެމްއެލް--
ކޮވިޑްއާ ގުޅިގެން ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކި ދާއިރާތަކަށް މިހާތަނަށް ޖުމްލަ 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބޭންކުން އެކި ދާއިރާތަކަށް ޖުމުލަ 1.2 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައި ވާއިރު، މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާ އެޕްރޫވްކޮށްފައިވާ ކަމަށެވެ. 

އަދި ކޮވިޑާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ކުރިއަށް ގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ޓިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިގެންދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންވުމުން ބީއެމްއެލް ކުރިއަށް ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތްތައް މެދުނުކެނޑި ދެވޭނެ ގޮތްތަކަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް