ޝިންޒޯ އަބޭ މިދިޔަ މަހު އިސްތިއުފާ ދެއްވީ ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާ ބޮޑުވަޒީރު ކަމަށް އަންނާނީ އުމުރުން 71 އަހަރުގެ ޔޮޝިހީޑޭ ސޫގާކަން ވަނީ ވަރަށް ބޮޑަށް ކަށަވަރުވެފަ އެވެ.
ސޫގާއަކީ މިހާރު ސަރުކާރުގެ ޗީފް ކެބިނެޓް ސެކެޓްރީ އެވެ. ޝިންޒޯ އަބޭއާ ގާތް ސޫގާ ވެސް ކުރީގެ ސިޔާސަތުތައް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން މިއަދު ވޯޓުލުމުން އަންނަ ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ވެސް ވޯޓަށް އަހާނެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތީ އެލްޑީޕީ އަށެވެ.
ދައުރުގެ މެދު ތެރެއިން މަގާމާ ހަވާލުވެވަޑައިގަންނަވާ ބޮޑުވަޒީރު ސެޕްޓެމްބަރު 2021 ގެ އިންތިހާބާ ހަމައަށް އެ މަގާމުގައި ހުންނަވާނެ އެވެ.