ads
އެމްޓީސީސީ ކަށަވަރު ޝޯރޫމް-- ފޮޓޯ: މިހާރު
ސުޒުކީ އަދި ޔަންމާ އިންޖީނަށް ހާއްސަ "މާ ބޮޑަށް ވެސް އަގުހެޔޮ ވެއްޖެ" ސޭލް އެމްޓީސީސީން ފަށައިފި
ސުޒުކީ އައުޓްބޯޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގު ހެޔޮކޮށް ވިއްކާ "މާ ބޮޑަށް ވެސް އަގުހެޔޮ ވެއްޖެ" ކެމްޕޭން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. 

އަގުތައް ހެޔޮކޮށްފައި ވަނީ އިމްޕޯޓް ޑިއުޓީތަކަށް ގެނައި ބަދަލާ ގުޅިގެން ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. 

އެ ކުންފުންޏަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާއި، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މިފަދަ ޕްރޮމޯޝަންތައް ހިންގުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް އެމްޓީސީސީން ގަވާއިދުން ހިންގަ އެވެ. 

ރާއްޖޭގައި ގާއިމް ކުރި އެންމެ ފުރަތަމަ ޕަބްލިކް ކުންފުނިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. 

ހާއްސަ ޕްރޮޑަކްޓުތައް ވިއްކުމުގެ އިތުރުން އެކި ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވެސް އެމްޓީސީސީން ވަނީ ހިންގަމުންނެވެ. 

އޭގެ ތެރޭގައި ދަތުރުފަތުރުގެ ހިދުމަތާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް