ފްރެންޗް ލީގުގައި މާސޭއާއި ޕީއެސްޖީ މެޗުގައި ރޭ ފަސް ރަތް ކާޑު ދެއްކި އިރު، ޕީއެސްޖީގެ ތަރި ނޭމާއަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. ނޭމާއަށް ރަތް ކާޑު ދެއްކީ، މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ބޮލުގައި ޖެހުމުންނެވެ. މެޗަށް ފަހު ނޭމާ ބުނީ، ގޮންޒާލޭޒްގެ ގައިގާ ޖެހީ ނަސްލީ ގޮތުން ދިމާ ކުރުމުން ކަމަށެވެ.
ޕީއެސްޖީގެ ރޭގެ ބައްޔަކީ އައު ސީޒަންގެ ދެވަނަ ބައްޔެވެ. ކުރިން ކުޅުނު މެޗުންވެސް ޕީއެސްޖީވަނީ ބަލިވެފައެވެ. މިއީ ވޭތިވެދިޔަ ސާޅީހަކަށް އަހަރު ތެރޭވެސް ފުރަތަމަ ދެ މެޗުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ.