ads
ހއ. އުލިގަމް އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ތެރެއިން -- ފޮޓޯ: ފެނަކަ
އުތުރުގެ ހަތަރު ރަށެއްގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި
އުތުރުގެ ހަތަރު ރަށެއްގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
އުތުރުގެ ހަތަރު ރަށެއްގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

އިންޖީނުގެތައް ބިންގާ އަޅާފައިވާ ހަތަރު ރަށަކީ ށ. ނަރުދޫ އާއި، ށ. ފޯކައިދޫ އާއި، ހއ. އުލިގަމާއި އަދި ހދ. ފިނޭ އެވެ.

ނަރުދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ސީސައިޑް ޕްރައިވެޓް ލިމިޓެޑަށެވެ. އެއީ 5.11 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް ނިންމުމަށް އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ފޯކައިދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަނަށެވެ. އެއީ 5.66 މިލިއަން ރުފިޔާ އަށެވެ. އެގޮތުން މިމަސައްކަތް އަންނަ އަހަރުގެ އޭޕްރީލް 19 ވަަނަ ދުވަހުގެ ކުރިން ނިންމަން ވަނީ އެއްބަސްވެފަ އެވެ.

އުލިގަމް އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަތް 5.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު މަސައްކަތް ނިންމަން ޖެހެނީ އަންނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ފިނޭގެ އިންޖީނުގެ އިމާރާތް ކުރުމަށް އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 5.24 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް ނިންމަން އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ މާޗް 19 ވަނަ ދުވަހުގެ ކުރިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް