ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި 70 މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައަދަދަކަށް ދިވެހިން ހިމެނެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 22 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 65 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަނެއް 5 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9243 އަށް އަރާފައެވެ. މިހާތަނަށް ޖުމްލަ 7536 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ.
ހޮސްޕިޓަލްތަކުގައި މިހާރު 105 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް 33 މީހުން ކޮވިޑް19 ގައި ވަނީ މަރުވެފައެވެ.