ads
މަލްޓިހަޒާޑް ރިސްކް އެޓްލަސް--
ރާއްޖޭގެ "މަލްޓި ހަޒާޑް އެޓްލަސް" އިފްތިތާހުކޮށްފި
އެންވާރަމަންޓް މިނިސްޓްރީން ރާއްޖޭގެ "މަލްޓި ހަޒާޑް ރިސްކް އެޓްލަސް" އިފްތިތާހުކޮށްފި އެވެ.

އެ އެޓްލަސްއަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީ އާއިއެކު، "ކްލައިމެޓް ރިސްކް ސްކްރީނިން ފޯ މެއިންސްޓްރީމިން ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންޓު ޑިވެލޮޕްމަންޓް އެކްޓިވިޓީސް އެންޑް ޕޮލިސީސް" ޕްރޮޖެކްޓްގެ ދަށުން ދިރާސާ ކުރެވި ތައްޔާރުކުރެވިފައިވާ އެޓްލަސް އެކެވެ. 

އެޓަލަސްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ބައްޓަންކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެ މައުލޫމާތުތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ އެޓްލަސް އިފްތިތާހް ކުރުމުގެ ގޮތުން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ އެ އެޓްލަސް ގެ ސަބަބުން، ތަރައްގީގެ އެކި މަޝްރޫއުތަކާއި ބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކުގެ މައްޗައް ނުވަތަ އެވިޑެންސްބޭސްޑް ޑެސިޝަން ނެގުމުގައި އެހީތެރިވެދޭނެ ކަމަށެވެ. 

އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި، މާލީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އިތުރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ އެޓްލަސް ތައްޔާރު ކުރެވިފައި ވަނީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީއައިއެސް) ޕްލެޓްފޯމެއްގެ މައްޗަށެވެ. އަދި އެ މައުލޫމާތު އާއްމުކޮށް ލިބޭނެ ގޮތަށް އޮންލައިން ކުރުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށާއި އެޓްލަސްގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އިންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް