އަޔުޝްމަންގެ 36 ވަނަ އުފަންދުވަސް ވަރަށް ފޯރިގަދަ
15 ސެޕްޓެމްބަރ 2020 - 09:01:38
އިއްޔެ ވަނީ އެކްޓަރު އަޔުޝްމަން ކުރާނާގެ 36 ވަނަ އުފަންދުވަސް ފާހަގަކޮށްފަ އެވެ. ދުވަހުގެ ތަހުނިޔާތަށް ބޮލީވުޑުގެ ސެލެބްރިޓީންނާއި ފޭނުން ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާފަ އެވެ.
އެ ހުރިހާ ތަހުނިޔާއެއްގެ ތެރެއިން ފާހަގަކުރެވެނީ އަޔުޝްމަންގެ އަންހެނުން ތާހިރާ ކަޝްޔަޕްގެ މެސެޖެވެ. އޭނާ ވަނީ ދުވަސް ފާހަގަކުރި ގޮތުގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އެފޮޓޯގައި އަޔުޝްމަންގެ މޫނުމަތީގައި ކޭކު އުނގުޅާފައި ހުރިއިރު، ތާހިރާ ދިޔެއީ އެ ކޭކުތައް ކަމުންނެވެ. ކެޕްޝަނުގައި ތާހިރާ ލިޔެފައި ވަނީ އޭނާ ކޭކު ކެއުން "އެންޖޯއި" ކުރަމުންދާ ކަމަށެވެ.
އެ ފޮޓޯއަށް މިހާތަނަށް 40،000 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ. އަދި އެ ދެމަފިރިންގެ އެކުވެރިންނާއި ބޮލީވުޑުގެ ތަރިން ވެސް ކޮމެންޓުކޮށްފައި ވެއެވެ.
އަޔުޝްމަން އާއި ތާހިރާ ލޮކްޑައުންގައި މި ވަގުތު ތިބީ އެމީހުން ނިސްބަތްވާ ޗަންދިގަރް ގައެވެ. ޕިންކްވިލާއަށް ދިން އިންޓަވިއު އެއްގައި ތާހިރާ ބުނީ ގިނަ ވަގުތު މައިންބަފައިން ކައިރި ހޭދަކުރަން އެމީހުން ނިންމާފައިވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް